މަސްލަހަތު ގެއްލުވާލީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިން އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން އެމްޑީޕީން މާލޭގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަން ފުރުސަތު ދެއްވަން މަަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލް ގަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި "ހޭވައްލާ ތައްޔާރު" ޖަލްސާގައި ވާހަކަދެއްކެވުމުގެ ފުރުސަތު ލިބޭގޮތް ނުވުމުގެ ސަބަބުން، އެކަމުގެ ހިތްހަމަނުޖެހުމުގައި ނަޝީދު ރޭގެ ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ.
އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ބުނިގޮތުގައި ޖަލްސާގެ އެޖެންޑާ ފުރަތަަމަ އެކުލަވާލި އިރު އޮތީ ނަޝީދު ވެސް ވާހަކަފުޅު ދައްކަވާ ގޮތަށެވެ. ނަމަވެސް ފަހުން އެޖެންޑާ ބަދަލުކުރިއިރު، އޮތީ އޭގެ ބަދަލުގައި މޭޔަރަކު ވާހަކަ ދައްކަވާ ގޮތަށެވެ. މި ހޫނުގަނޑުތެރޭގައި ނަޝީދު އެ މަނިކުފާނުގެ އެކްސް އެކައުންޓުގައި ވިދާޅުވީ "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ.
ނަޝީދުގެ އިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ނަޝީދަށް ތާއީދުކުރައްވާ ބައެއް ފަރާތްތަކުން ވެސް ވަނީ ރޭގެ ޖަލްސާ ބޮއިކޮޓްކޮށްފައެވެ. އަދި ގަފޯ އިސްތިއުފާދެއްވުމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ރޭގެ ޖަލްސާއަށްފަހު ގަފޫރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެ ޖަލްސާގައި ވާހަކަ ދައްކަވަން އެޖެންޑާކޮށްފައި އޮތީ އޭނާ އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ސިޓީތަކުގެ މޭޔަރުންނާއި ޑަބްލިއުޑީސީގެ ރައީސުންނާއި ކެމްޕޭން މެނޭޖަރާއި ރިފަރެންޑަމް ކޮމިޓީގެ ޗެއާ ކަމަށެވެ.
"މިރޭގެ ޖަލްސާގައި ވާހަކަ ދައްކަަވަން ކުރީގެ ޗެއާ ފަޔާ [ފައްޔާޒް އިސްމާއީލް] އާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި، އެ ބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް އަޅުގަނޑު މަސައްކަތް ކުރަމުން ދަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ތި ފެތުރި ވާހަކަތަކާ ގުޅިގެން އަޅުގަނޑު ހިތާމަކުރަން،" ގަފޫރު ވިދާޅުވިއެވެ.
އެމްޑީޕީ ބަދަހިކޮށް ބާއްވަން އެންމެހާ މެންބަރުން އެއްބާރުލުން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ގަޕޯ ފުރުސަތު ދޭން މަސައްކަތެއް ކުރާކަށް ނުޖެހޭނެ. ކަލެއާ ޝާހިދުގެ ރޭވުން
ސައްލޭ - 2 މަސް ކުރިން
ފިތުނަ އުފަށްދާމީހުންވަރަށްގިނަވާނެ ހޭއަރާތިބޭ.
ކަބަލުން - 2 މަސް ކުރިން