އިޓަލިއަން ސެރެއާ އޭގެ އެއްވަނައިގައި އޮތް އިންޓަ މިލާނުން ރޭ ކުޅުނު މެޗުގައި ރޯމާ ކައިރިން ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.
ރޭ ސަން ސީރޯ ދަނޑުގައި ކުޅުނު މެޗުގައި އިންޓައިން ރޯމާ ބަލިކުރީ 5-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި މާކަސް ތުރާމާއި ލައުޓާރޯ މާޓިނޭޒް ވިދާލާފައިވާ އިރު، އިންޓައިން މިވަގުތު އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓްގެ ލީޑެއްގައެވެ. އިންޓައަށް 31 މެޗުން 72 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ވާދަވެރި އޭސީ މިލާނަށް 30 މެޗުން ލިބިފައި ވަނީ 63 ޕޮއިންޓެވެ.
ރޭގެ މެޗުން ބަލިވި ރޯމާއަށް 31 މެޗުން 54 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ހަވަނައިގައެވެ. ރޯމާއިން މަސައްކަތް ކުރަމުން ދަނީ ޔޫރޮޕާ ލީގު ނޫނީ ޗެމްޕިއަންސް ލީގު ޖާގައަކަށެވެ.
ފެބްރުއަރީ މަސް ތެރޭގައި އަނިޔާވެ، މާޓިނޭޒަށް މިދިޔަ މަހުގެ ކުޅުން ގެއްލުނު ނަމަވެސް ރޭގެ މެޗުގައި އޭނާ އެނބުރި އައީ ސްޓައިލްގައެވެ. މެޗުގެ 90 ސިކުންތު ހިނގިތަނާ މާޓިނޭޒްގެ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، ހާފު ނިމެންދަނިކޮށް ރޯމާއިން އެއްވަރުކުރިއެވެ. އެއީ ޖިއާންލޫކާ މަންޗީނީ ޖެހި ގޯލުންނެވެ. އެ ގޯލަށް ހައެއްކަ މިނެޓުވެސް ނުވަނީސް، އިތުރު ވަގުތުގައި ހަކާން ޗަލަނޮގްލޫ ވަނީ ހާފު ނިމުމުގެ ކުރިން އިންޓައަށް އަލުން ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި މާޓިނޭޒްގެ ދެވަނަ ގޯލެއް ފެނިގެން ގޮސްފައިވާ އިރު، އިންޓައިން އަނެއް ދެ ގޯލް ޖެހީ ނިކޮލާ ބަރޭލާއާއި މާކަސް ތުރާމެވެ. ރޯމާއަށް މެޗުގެ ދެވަނަ ގޯލް ޖަހައިދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ.
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ
އިޓާލިއަން ސެރީއާ