ޕާކިސްތާނުން ތެލުގެ އަގު ބޮޑުކޮށްފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން އެގައުމުގައި ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވަނީ މެދުއިރުމަތީ ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން އެގައުމަށް އެކަމުގެ އަސަރުކޮށް ތެޔޮ ލިބުން ދަތި ވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕާކިސްތާނުން ތެލުގެ އަގު ބޮޑުކޮށްފައި ވާއިރު މިއީ މެދުއިރުމަތީ ހަނގުރާމަ ފެށިފަހުން އެގައުމުން ތެލުގެ އަގު އެއް މަސްތެރޭ ބޮޑުކުރި ދެވަނަ ފަހަރެވެ.

ޕާކިސްތާނުގައި ވިއްކާ ތެޔޮ މިއަދުން ފެށިގެން ލިބޭނެ އަގު ހާމަކޮށްފައިވާއިރު އެގައުމުން ޑީސަލްގެ އަގު ވަނީ %59.9 އަށް އިތުރުކޮށްފައެވެ. އެގޮތުން ޑީސަލް ލީޓަރެއް އެގައުމުގައި ދެން ވިއްކާނީ 529.35ރުޕީސް އަށެވެ. އެމެރިކާ ޑޮލަރުންނަމަ އެއީ ލީޓަރެއް 1.88ޑޮލަރެވެ.

ޕާކިސްތާނުގައި ވިއްކާ ޕެޓްރޯލްގެ އަގު ވެސް ވަނީ %42.7 ބޮޑުކޮށްފައެވެ. އެގޮތުން ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 458.40 ރުޕީސް އަށެވެ.

ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ވަނީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު ބޮޑުވެފައިވާ މިދަނޑިވަޅުގައި އެގައުމަށްވެސް ތެޔޮ ލިބުން ދަތި ވެފައިވާ ކަމަށާއި އަގު ވެސް ބޮޑުވެފައިވާ ކަމަށް ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ސަރުކާރުން ވަނީ ހަނގުރާމައިގެ ސަބަބުން އެގައުމަށް ލިބެމުން އަންނަ ދަތިތައް ފޫބެއްދުމަށް ބައެއް ހިދުމަތްތަކަށް ސަބްސިޓީ ދިނުމަށް ނިންމާފައިވާކަ މަށް މީގެކުރިން ބުނެފައެވެ.