އިރާނުގައި ހުންނަ މެދުއިރުމަތީގެ އެންމެ އުސް ބްރިޖަށް ހަމަލާދީފިއެވެ.

އިރާނުގެ ވެރިރަށް ތެހެރާންގެ އިރުން އޮންނަ ކަރާޖް ސިިޓީގައި އިމާރާތްކޮށްފައިވާ މެދުއިރުމަތީގައި ހުރި އެންމެ އުސް ބްރިޖަށް ހަަމަލާ ދީފައިވާ އިރު، ބްރިޖު މެދުން ބުރިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން އިޒްރޭލާއި އެމެރިކާ ގުޅިގެން ދިން ހަމަލާގައި އެ ބްރިޖުގައި އެވަގުތު ތިބި ދެ މީހަކު މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

އުސްމިނުގައި 136 މީޓަރު ހުންނަ އެ ބްރިޖުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވީ ނަމަވެސް އެ ބްރިޖު އަދި ނުހުޅުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި ކަރާޖް ސިޓީގެ ބީ1 ބްރިޖަށް އެމެރިކާއާއި ޒަޔަނިސްޓުން ހަމަލާދިނުމުން ބްރިޖަށް ވަނީ ގެއްލުންވެފައެވެ.

ހަމަލާއަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓްރޫތު ސޯޝަލްގައި ވިދާޅުވީ އިރާނުގެ އެންމެ ބޮޑު ބްރިޖަށް ހަމަލާދީ ވައްޓާލާފައިވާ ކަމަށާއި އެ ބްރިޖު ދެން ބޭނުން ނުކުރެވޭނެ ކަމަށެވެ.