ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2024 ވަނަ އަހަރު ޓީޓީގެ މުއާމަލާތްތަކަށް ޑޮލަރު ސަޕޯޓް ދެމުން އައީ 5 ޕަސަންޓާއި 10 ޕަސަންޓާ ދެމެދު ކަމަށާއި ޓީޓީއަށް ދޭ ޑޮލަރު ސަޕޯޓަށް ގެނައި ބަދަލާއެކު ޓީޓީއަށް ވިއްކާ ޑޮލަރުގެ އަދަދު މިދިޔަ އަހަރު ހަތަރު ގުނަ އިތުރުވި ކަަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް އެހެން ވިދާޅުވެފައިވަނީ، ބީއެމްއެލްގެ 90 އޭޓީއެމްއާއި ހަ ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފް ވިދާޅުވީ މިދިޔަ އަހަރު 50 ޕަސަންޓާ ހަމައަށް ޑޮލަރު ސަޕޯޓް ދޭ ގޮތަށް ހަމަޖެއްސުމަކީ ބޮޑު ކުރިއެރުމެއް ކަމަށާއި ޓީޓީއަށް ބީއެމްއެލުން ދޭ ޑޮލަރު ސަޕޯޓަށް ގެނައި ބަދަލާއެކު ޓީޓީއަށް ވިއްކާ ޑޮލަރުގެ އަދަދު ހަތަރު ގުނަ އިތުރުވި ކަމަށެވެ.
ވޭތުވެދިޔަ އަހަރު ބޭންކުން ޑޮލަރު ވިއްކާފައިވާ ގޮތަށް އަލިއަޅުއްވައިލައްވަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ވިޔަފާރިތަކަށް ޖުމުލަ 175 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށާއި އޭގެ ތެރެއިން 104 މިލިއަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށެވެ. އަދި އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް ކްރެޑިޓް އަދި ޑެބިޓް ކާޑުތަކަށް 390 މިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، އުމްރާވެރިންނަށް ނުވަ މިލިއަން ޑޮލަރު ވިއްކާފައިވޭ. އެހެންކަމުން 2025 ވަނަ އަހަރު ބީއެމްއެލުން ވިއްކި ޖުމުލަ ޑޮލަރުގެ އަދަދަކީ 672.5 މިލިއަން ޑޮލަރު. އެއީ ދުވާލަކަށް 1.84 މިލިއަން ޑޮލަރަށް ވުރެވެސް ބޮޑު އަދަދެއް،" ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް