ދެ ކިލޯއަށްވުރެން ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެ މީހުން ބަންދު ކޮށްފިއެވެ.
މި ދެމީހުންނަކީ އިންޑިއާ ދެމީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިމްރާން ޕާޝާ (33އ) އާއި ކްރިސް އެމްބްރީސިޔާ (27އ) އެވެ.
ކުރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން މި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ، އެމީހުން ހައްޔަރު ކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި ސްމަގުލްކޮށް ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުށުގައި ކަމަށެވެ.
އެ ދެ މީހުން ރާއްޖެ އައި އިރު ގެނައި ދެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަތަރު ފުޅި ފެނިފައިވާ ކަމަށާއި އެ ފުޅިތަކުން، 2.4 ކިލޯގެ ކެނަބިސް ފެނިފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް