އިރާގުގައި އެމެރިކާ މީހުންނަށް ހަމަލާދިނުމަށް އެހީވާ މީހުން ހޯދަން ފަށައިފިއެވެ.

އެމެރިކާ ސަރުކާރުން ވަނީ އިރާނުން އިރާގަށް ދެމުން އަންނަ ހަމަލާތަކުގައި އިރާގުގައި ހުންނަ އެމެރިކާ އަށް ނިސްބަތްވާ ސައިޓުތަކާއި އެމެރިކާ މީހުންނަށް އަމާޒުވުން އިތުރުވުމާއެކު އެކަމުގެ މައުލޫމާތު ހިއްސާ ކުރާފަރާތްތައް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ވޮޝިންޓަނުން ވަނީ އިރާނަށް ދޭ ހަމަލާތަކުގައި އެެމެރިކާ އާއި ގުޅުން ހުރި ތަންތަނާއި މީހުންގެ މައުލޫމާތު އިރާނަށް ދޭ މީހުން ހޯދައިދޭ ފަރާތަކަށް ތިން މިލިއަން އެމެރިކާ ޑޮލަރު އިނާމަކަށް ދޭނެކަމަށް ބުނެފައެވެ.

އެމެރިކާގެ އޮފިޝަލުން ވަނީ މައުލޫމާތު ހިއްސާ ކުރަން ބޭނުންވާފަރާތްތަކުން މައުލޫމާތު ހިއްސާ ކުރެވޭނެ ގިނަ ގޮތްތަކެއް ކިޔާދީ އެމައުލޫމާތުތައް ދޭ މީހުން ސިއްރު ކުރާނެ ކަމަށްވެސް ބުނެފައެވެ.

އެމެރިކާއިން އިރާގުގައި އިރާނަށް ހަރަކާތްތެރިވާ މީހުން ހޯދުމަށް މަސައްކަތް ފަށާފައިވަނީ އިރާނުގެ ބެރިރަށް ބަގްދާދުގައި ހުންނަ އެގައުމުގެ އެންމެ ބޮޑު އެއާޕޯޓަށް އިރާނުން ހަމަލާދިންތާ އެއްދުވަސް ފަހުންނެވެ.

އިރާނުން ބަގްދާދު އެއާޕޯޓަށް ހަމަލާދިން އިރު އެއެއާޕޯޓަކީ އެމެރިކާ ސިފައިން ބޭސް ވެފައިތިބޭ އިރާގުގެ މައި ސަރަހައްދެވެ.