މަގު ހުރަސްކުރަމުންދިޔަ އަންހެނެއްގެ ގައިގައި ސައިކަލުން ޖެހި އެކްސިޑެންޓް ވުމުންވެސް މަޑުނުކޮށް ސައިކަލުގައި ދިޔަ މީހަކު ހޯދަން ފުލުން ވީޑިއޯ އާއްމު ކޮށްފިއެވެ.
އެ ވީޑިއޯއިން ފެންނަނީ މަގު ހުރަސްކުރަމުން ދިޔަ އަންހެން މީހާގެ ގައިގައި ސައިކަލުން ޖެހި އެމީހާ ވެއްޓުމުން ވެސް އަޅައިވެސް ނުލާ ސައިކަލްގައި ދާ މަންޒަރެވެ.
އެމީހާ ހޯދުމަށް ވީޑިއޯ އާއްމުކޮށް ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ މާލެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަޖީދީމަގު އަތަމާ ޕެލަސް ކައިރިން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން މަޑުނުކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ.
އެމީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައިނުވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި މި އެކްސިޑެންޓްގެ މަންޒަރު ދުއް ފަރާތެއްވާނަމަ އެމައުލޫމާތެއް ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް