މުހިންމު މަސައްކަތްތަކެއް ކުރުމަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލުމަށް ނިންމައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން ކަނޑާލުމަށް ނިންމާފައިވަނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކުގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލައިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކަމަށެވެ.

އެގޮތުން މާފަންނު އަދި މައްޗަންގޮޅީގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު 6:00 އާއި 6:15 އާ ދެމެދު އަދި ހެނދުނު 8:00 އާއި 8:15 އާ ދެމެދު ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ އެކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.