ޓްރަމްޕްގެ ސިފައިން އެއްގަމު މަގުން އަރާންދެން ތައްޔާރަށް ތިބިކަމަށް އިރާނުން ބުނެފިއެވެ.
އިރާންގެ ގާނޫނު ހަދާ މަޖިލީހުގެ ތަރުޖަމާނު މުހައްމަދު ބާގީރް ގާލިބަފް އިއްޔެ ވިދާޅުވީ އިރާނުގެ ފައުޖުތައް ތައްޔާރީ ހާލަތުގައި ތިބި ކަމަށާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިފައިން އެގައުމަށް އަރައިފި ނަމަ ވަރުގަދަ އަދަބެއް ދޭނެ ކަމަށެވެ.
ގާލިބަފް ތުހުމަތުކުރެއްވި ގޮތުގައި، އެމެރިކާއިން މަސައްކަތްކުރަނީ މަޝްވަރާގެ ވާހަކަތަކުގެ ތެރޭގައި އޮޮޅުވާލައިގެން، އިރާނަށް އެއްގަމު މަގުން އަރައި އިރާނު ހިފުމަށެވެ.
އެމެރިކާގެ ވޮޝިންޓަން ޕޯސްޓުގައި ވާގޮތުން އެމެރިކާގެ ޕެންޓަގަން އިން އިރާނަށް އެގައުމުގެ އިތުރު ފައުޖެއް ފޮނުވައި އެއްގަމު މަގުން އެރުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެގައުމުގެ މަނަވަރު ޔޫއެސްއެސް ޓްރިޕޯލީ އިން މެދުއިރުމައްޗަށް 2500 ސިފައިންގެ ފޮނުވާފައިވާކަމަށްވެސް ބުނެފައެވެ.
އިރާނުގެ މައްސަލައިގައި އެމެރިކާގެ ސަރުކާރުގެ އިސް ވެރިންތަކުގެ ބަސް ދިމާނުވާއިރު ރިޕޯޓުތަކުން ވަނީ ސަރުކާރުގެ އިސް އޮފިޝަލުން އިރާނަށް އެއްގަމު މަގުން އެރުމާއި ދެކޮޅުކަމަށް ބުނެފައެވެ.
އެމެރިކާގެ ސެކްޓްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯވެސް ވަނީ އެގައުމުން އިރާނާއި ދެކޮޅަށް ބޭނުންވާ ހުރިހާ ކަންތައްތަކެއް އެއްގަމުމަގުން ނާރައިވެސް ހާސިލް ވާނެ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން