ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.
އެންއޯޕީއަކީ ބޭންކެއްގައިި ބޭރު ފައިސާ ހުރި މިންވަރު ނުވަތަ ފޮރިން ކަރަންސީ އެސެޓްސް އާއި ފޮރިން ކަރަންސީ ލައިބިލިޓީސްއާ ދެމެދު ހުންނަ ފަރަގު ބަލާ މިންގަނޑެކެވެ.
ބާސެލޯ ނަސަދަންދުރާގައި ރޭ ބޭއްވި ބީއެމްއެެލްގެ 2025 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްގެ އެންއޯޕީ ހައްލުކުރުމަށް ބޭންކުގެ ބޯޑާއި ސަރުކާރު ގުޅިގެން ކުރި އެއް ކަމަކީ ރުފިޔާ ޓީ-ބިލުތައް، ޑޮލަރު ޓީ-ބޮންޑަށް ބަދަލުކުރުން ކަމަށެވެ.
."2025 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ޓީ-ބިލާއި ޓީ-ބޮންޑަށް އިންވެސްޓުކުރެވިފައިވާ އަދަދުގެ ތެރެއިން ޖުމްލަ 10.8 ބިލިއަން ރުފިޔާގެ ޓީ-ބިލަކީ 2025 ވަނަ އަހަރުގެ ތެރޭގައި ރޯލްއޯވާކޮށްފައިވާ ބިލްތަކެއް. މިއީ މުޅިން އަލަށް އިންވެސްޓުކޮށްފައިވާ ޓީ-ބިލުތަކެއް ނޫން. މި އަދަދުގެ ތެރޭގައި ކުރިން ޓީ-ބިލުގައި އިންވެސްޓުކޮށްފައިވާ ފައިސާގެ ތެރެއިން 192.8 މިލިއަން ޑޮލަރަށް ވާ، ދިވެހި ރުފިޔާގެ ޓީ-ބިލްތައް ޔޫއެސް ޑޮލަރުގެ ޓީ-ބޮންޑަށް ބަދަލުކުރުން ހިމެނޭ." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ސަރުކާރުގެ އެހީތެރިކަމާއެކު އެޅުނު ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބޭންކު ވަނީ އެންއޯޕީ މައިނަހުން ރަނގަޅު ނިސްބަތަކަށް ގެނެސްފައި ކަމަށެވެ.
ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ވެސް އެ ބޭންކުން ޓީ-ބިލަށް އިންވެސްޓު ކުރީ ބޭންކުގައި ކަނޑައަޅާފައިވާ ރިސްކް އެޕަޓައިޓާ އެއްގޮތަށް ކަމަށެވެ. އެގޮތުން 653 މިލިއަން ރުފިޔާގެ ޓީ-ބިލަށް އިންވެސްޓުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޓީ-ބިލުގައި މި އިންވެސްޓުކުރަނީ އެއް އަހަރަށް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަކަށް. އެހެންކަމުން ކުރިން އިންވެސްޓުކޮށްފައި ހުންނަ ޓީ-ބިލުތައް ކޮންމެ އަހަރަކު ވެސް ރޯލްވަމުންދާނީ" ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލްއިން ވަނީ މިދިޔަ އަހަރު ޖުމްލަ 672.5 މިލިއަން ޑޮލަރު ވިއްކާފަ އެވެ
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް