ވަގުތީ ކޭބަލެއް އަޅައި ހިދުމަތް މެދުކެނޑުނު ގެތަކަށް އަލުން ކަރަންޓު ދީފިއެވެ.
ސްޓެލްކޯގެ ކޭބަލަކަށް ގެއްލުންވެ ރޭ ވަނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައެވެ.
ސްޓެލްކޯގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ލޯ-ވޯލްޓޭޖް ކޭބަލަކަށް ގެއްލުންވެ، ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ރަތްވިލާ ހިނގުން، ކަލާފާނު ހިނގުން، ލޮނުޒިޔާރަތް މަގު، މޫނިމާ ހިނގުން، ބުރުޒުމަގު އަދި އިރުދޭމާ ހިނގުން ހިމެނޭ ސަރަހައްދުގެ ބައެއް ގެތަކުންނެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނުތާ މާގިނައިރުތަކެއް ނުވަނީސް، ވަގުތީ ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ގެތަކަށް ކަރަންޓު ދީފައެވެ.
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ