އިންޑިއާގެ ޗަންދީގަރުގައި ކުރިއަށްދާ އެއްވަނަ އިންވިޓޭޝަނަލް އިންވިޓޭޝަނަލް / ތިން ވަނަ އޯޕަން ރިލޭ މުބާރާތުގައި ރާއްޖޭގެ ހަތަރެއް ގުނަ 400 މީޓަރު މިކްސް ރިލޭ ޓީމުން ލޯ މެޑަލް ހޯދައިފިއެވެ.

އެ މުބާާރާތުގެ ހަތަރެއް ގުނަ 100 މީޓަރު ރޭހުގައި ދުވާ ފިރިހެން ޓީމުގައި ހިމެނެނީ، ހަސަން ސާއިދު، ނުޖޫމް ހަސަން، އަހުނަފް ރައްޔާން ފަހުމީ އަދި ސިޒާން އަލީ ރިޒާއެވެ. ހަތަރެއް ގުނަ 100 މީޓަރުގެ އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ޝަބާ ސަލީމް، އަހުނާ ނިޒާރު، މަރިޔަމް މައިހާ ހަމްދާން އަދި ޒިވާ މޫސާ ޝަފީއެވެ.

މިއަަދު މެޑަލް ހޯދި ހަތަރެއް ގުނަ 100 މީޓަރު މިކްސް ރިލޭ ޓީމުގައި ހިމެނެނީ ސާއިދު، އަހުނަފް، ޒިވާ އަދި އަހްނާއެވެ. ރާއްޖޭ ރިލޭ ޓީމުގެ ޓައިމިންއަކީ 44.53 ސިކުންތެވެ. ދެވަނައަށް ދިޔަ، އިންޑިއާގެ އޭ ޓީމުން އިވެންޓް ނިންމީ 42.34 ސިކުންތުންނެވެ. އަދި އެއްވަނަ ހޯދި އިންޑިއާގެ ބީ ޓީމުން އިވެންޓް ނިންމީ 42.30 ސިކުންތުންނެވެ.

އިންޑިއާ މުބާރާތުގައި ރާއްޖޭން ދެން ވާދަކުރާ ހަތަރެއް ގުނަ 400 މީޓަރު އިވެންޓުގެ ފިރިހެން ޓީމުގައި ހިމެނެނީ އާދަމް ރިއްފަތު، ހުސެއިން ޒީކް ސުއާދު، ޒުއިޒު މުހައްމަދު ސުއާދު އަދި އަހުމަދު އަބްސަލް މުހައްމަދު ޖަލީލެވެ. އަންހެން ޓީމުގައި ހިމެނެނީ، އައިޝަތު ނައަދު އައްސަދު ވަޖުދީ، އައިމިނަތު ލަޔާނާ މުހައްމަދު، ހައްވާ މުޒްނާ ފާއިޒު އަދި ޒީކް އަޝްރަފް ރަޝީދެވެ.