ބަންގްލަދޭޝްގައި ކޯރަކަށް ވެއްޓުނު ބަހުން މަރުވި މީހުންގެ އަދަދު 24 އަށް އަރައިފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހުޅަނގުން 65 ކިލޯމީޓަރު ދުރުގައި އޮންނަ ގޮއާލަންޑާގެ ޕަޑްނާ ކޯރަށް ވެއްޓުނު ބަހުގައި ދަތުރުކުރި 50 އަކަށް މީހުންގެ ތެރެއިން މިހާތަނަށް 24 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
މިދިޔަ ބުދަ ދުވަހު ފެރީއަކަށް ބަސް އެރުވުމަށް މަސައްކަތް ކުރަނިކޮށް، ބަސް ކޯރަށް ވެއްޓި ކޯރުގެ އަޑިޔަށް ގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. ބަހުން ދަތުރުކުރި 50 ހަކަށް މީހުންގެ ތެރެއިން ގިނަ ބަޔަކު އަމިއްލައަށް ސަލާމަތްވެފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ބަސް ވެއްޓުނު ސަރަހައްދުގައި ހަރަކާތްތެރިވާ ރެސްކިއު ޓީމުތަކުން ބަހުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އިއްޔެ ވަނީ ބަހުގެ ތެރެއިން 24 މީހެއްގެ ހަށިގަނޑު ނަގައިފައެވެ.
އޮފިޝަލުން ވަނީ އިއްޔެ ނެގި 24 ހަށިގަނޑުގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު