ޒުވާނުންނަށް ހާއްސަކޮށް ހުޅުމާލޭގައި ބޮޑު ބާބަކިއުއެއް ބާއްވަން ނިންމައިފި އެވެ.

ހުޅުމާލެ ފޭސްދޭއްގެ ބާބަކިއު ސަރަހައްދުގައި މިއަދު ކުރިޔަށްގެންދާ ބޮޑު ބާބަކިއު އޮންނާނީ މިއަދުގެ 17:30 އިން 19:00 އަށެވެ.

މިއީ ޕްރެސިޑެންޝިއަލް ޔޫތު އެޑްވައިޒަރީ ބޯޑުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ބާބަކިއުއެކެވެ. މި ބާބަކިއުގައި ވީހާވެސް ގިނަ ޒުވާނުންނާއި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް އެ ބޯޑުން ވަނީ ދައުވަތުދީފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދެއްވުމަށް، "ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ" އިފުތިތާހުކުރީ 2024 އޮގަސްޓު 12 ގައެވެ.

"ދިވެހި ޒުވާނުންގެ ގާއުމީ ލަފާދޭ ކޮމިޓީ"ގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯއާއި މުހިންމު ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޒުވާނުންގެ ހިޔާލާ މަޝްވަރާ ހޯދުމެވެ.

ފަނަރަ މެންބަރުންގެ މައްޗަށް ހިމެނޭ ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ އެކުލަވާލީ 18 ޖަނަވަރީ 2024 ގައެވެ. އެ ކޮމިޓީގައި ބައިވެރިވުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން ރިޔާސީ ދައުރެއްގައި ދެ ފަހަރު އެ ކޮމިޓީގެ ބޯޑު އެކުލަވާލާނެއެވެ. އަދި އެ ކޮމިޓީގެ ސެކްރެޓޭރިއަޓް ބަލަހައްޓާނީ ޔޫތް މިނިސްޓްރީންނެވެ.