އިރާނުގެ ރަށެއް ހިފަން ދުޝްމަނުން ތައްޔާރުވަމުންދާ ކަމަށް އިރާނުން ބުނެފިއެވެ.
މި ހަބަރު ކަށަވަރުކޮށްދެއްވީ އިރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަދި އެގައުމުގެ ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ފަރާތްކަމަށްވާ މުހައްމަދު ބަގާރް ގާލިބަސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުހައްމަދު ބަގާރް ވިދާޅުވި ގޮތުގައި މިކަން ކަށަވަރު ވެފައިވަނީ އިރާނަށް ލިބިފައި ހުރި އިންޓެލިޖެންސް މައުލޫމާތުތަކުގެ އެހީގައެވެ.
ބަގާރް ވިދާޅުވީ އިރާނުގެ ފޯސްތަކުން ދަނީ ދުޝްމަނުންގެ ހުރިހާ ހަރަކާތްތަކެއް ގާތުން ބަލަމުން އަންނަ ކަމަށާއި ދުޝްމަނުން އެފަދަ ކަމެއް ކޮށްފި ނަމަ އިރާނުގެ ފޯސްތަކުން ފިޔަވަޅު އަޅާނެ ކަމަށާއި ރައްދު ހަމަލާ ވަރަގުގަދަ ވާނެކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އޯޑަރަށް އެެމެރިކާ ސިފައިންގެ އިތުރު ފޯހެއް މެދުރިއުމައްޗަށް ފޮނުވުމަށް ނިންމާފައިވާއިރު އެމެރިކާއިން އެއްގަމު މަގުން ހަމަލާ ދޭން ފަށާނެކަމަށް ރިޕޯޓުތައް ބުނެއެވެެ.
ޕެންޓަގަން އިން އިއްޔެ ވަނީ އެމެރިކާ ސިފައިންގެ ތެރެއިން 2،500 ސިފައިން މެދުއިރުމައްޗަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މުހައްމަދު އައުޒަމް
އިރާން
އިރާން
އިރާން
އިރާން