އުރީދޫ މޯލްޑިވްސްގެ "ހިނގާ" ޕްރޮމޯޝަންގެ ދެވަނަ ގުރުއަތުލުމަށް އެއް މަސް ދުވަހަށް ވެއްޖެއެވެ.

ކަސްޓަމަރުން ކުރާ ކޮންމެ ރީޗާޖަކާއި، ބިލު ދެއްކުމަކާއި އަދި އެކްޓިވޭޝަނަކާއެކު، ކުރިއަށް އޮތް ގުރުއަތުލުމުގެ ފޯރި ދަނީ ގަދަވަމުންނެވެ.

މިއީ މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއަހަރުގެ ތެރޭގައި ޖުމްލަ ހަ އޭޓީވީ (ATV) ދިނުމަށް ހަމަޖެހިފައިވާ އިރު، ރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމާ ގުޅޭ މިފަދަ އުޅަނދެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ފުރަތަމަ ނަސީބުވެރިޔާ، ނ. ހޮޅުދޫ، ހަސަން ނިޝާން ހޮވުނުކަން އިއުލާން ކުރުމާއެކު، ގިނަ ބައެއްގެ މެދުގައި ފޯރި ވަނީ އިތުރުވެފައި ކަމަށާއި ގުރުއަތުލުމަށް އެއް މަސް ދުވަސް ބާކީ އޮތުމުން، ދެން އޭޓީވީ ލިބޭ ނަސީބުވެރިއަކަށްވުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުން ކަމަށެވެ.

ބައިވެރިވާނެ ގޮތް

އުރީދޫން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމަކީ ފަސޭހަ ކަމެއް ކަމަށާއި އުރީދޫގެ ހިދުމަތްތަކަށް މަހަކު މަދުވެގެން 400 ރުފިޔާ ހަރަދުކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ؛

  • ޕްރީޕެއިޑް ރީޗާޖުތައް
  • ޕޯސްޓްޕެއިޑް ބިލުތައް ދެއްކުން
  • ސުޕަނެޓް (SuperNet) އަދި އެއާފައިބާ (AirFibre) ސަބްސްކްރިޕްޝަންތައް
  • އެޑް-އޮންތަކާއި ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރުން

ކޮންމެ ޓްރާންސެކްޝަނަކާއެކު ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވެގެންދެއެވެ.

އުރީދޫން ބުނީ މި ކެމްޕެއިނަކީ ކަސްޓަމަރުންނަށް ޝުކުރު އަދާކޮށް، އެފަރާތްތަކަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ފެށި ކެމްޕެއިނެއް ކަމަށާއި އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ ކޮންމެ ވަގުތަކީ ކަސްޓަމަރުންނަށް އިތުރު ފައިދާތަކެއް ލިބިގެންދާނެ ވަގުތެއް ކަމަށެވެ.

ދެން އޮތް ގުރުއަތުލުމަށް އެއް މަސް ދުވަސް އޮތުމުން، މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މިއީ އެންމެ ރަނގަޅު ވަގުތުކަން އުރީދޫން ފާހަގަކުރެއެވެ.