މާލޭ ސިޓީ ކައުންސިލުން ބަލައްހައްޓަމުންގެންދާ ސިނަމާލެ، މާލެހިޔާ 1 އަދި 2 ގެ ފްލެޓްތައް އަހަރު ދުވަހަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ކުރި އިއުލާނު ކައުންސިލުން ބާތިލުކޮށްފިއެވެ.
މި މަހު 19 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ވަނީ ސިނަމާލެ 1 ،2، 3 ،4 ގެ ފްލެޓުތައް އެއް އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަށް އިއުލާންތަކެއް ކޮށްފައެވެ. އަދި އެ ފްލެޓްތަކުގެ ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ވެސް މާލެ ސިޓީ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. އެ އިއުލާނު ވެސް ވަނީ ބާތިލުކޮށްފައެވެ.
މާލޭ ސިޓީ ކައުންސިލުން އެ އިއުލާނުތައް އިއްޔެ ބާތިލުކުރިއިރު ސަބަބެއް ހާމައެއް ނުކުރެއެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ސިނަމާލެއާއި މާލެ ހިޔާ އިމާރާތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ބޭނުންވާ ތަފްސީލީ އެސެސްމަންޓްތައް ތައްޔާރުކުރުމަށާއި، ޓެންޑަރާ ގުޅޭ ލިޔެކިޔުންތައް އެކުލަވައިލުމުގެ ކޮންސަލްޓަންސީ ހިދުމަތް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.
މިނިސްޓްރީން އެ އިއުލާންކުރިއިރު އެ ފްލެޓުތައް ތަޅާލައި، އާ އިމާރާތްތަކެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އެ މަނިކުފާނު ވަނީ އެ ފްލެޓުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން އެ ފްލެޓުތަކަށް ދައްކަންޖެހޭ ޖޫރިމަނާ އެކި ސަބަބުތަކާ ހެދި ނުދެއްކޭ މީހުންނަށް ހާއްސަ އިނާޔަތްތަަކެއްވެސް ދިނުމަށް ނިންމަވައިފައެވެ.
އާއިޝަތު މާހާ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް