ތިނަދޫ ސިޓީގައި ހަދާ 50 ފްލެޓާއި އެ ރަށުގެ ފޭސް ތިނެއްގެ މަގު ހެދުމުގެ އަމަލީ މަސައްކަތުގެ ބިންގާ މިއަދު އަޅައިފިއެވެ.
ތިނަދޫގައި މިއަދު ބޭއްްވި ރަސްމިއްޔާތެއްގައި ފުލެޓާއި މަގު ހެދުމުގެ މަސައްކަތުގެ ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ތިނަދޫގައި ހިންގާ މަގު ހެދުމުގެ މަޝްރޫއާއި، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް އެ ރަށުގައި 50 ފްލެޓް ހެދުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށެވެ.
މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 50 މަގު ނުވަތަ 19.3 ކިލޯމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ފެންހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް އާރްޑީސީން ކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ. އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ ތިން އަހަރާއި ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ފުލެޓް ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޑެޓްއާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ތިން ކޮޓަރީގެ 50 ފްލެޓް ހަދާނެ ކަމަށާއި، އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ އެއް އަހަރާއި ދެ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ