އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކާބޯތަކެތީގެ ދަތި ކަމެއް ނެތް ކަމަށާއި އަގުވެސް މައްޗަށް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ހަނޑޫ، ހަކުރު، ފުށް އެއްވެސް ކަހަލަ ދަތިކަމެއް ނެތި ރާއްޖޭގައި ކުރީން ވެސް ހުރި އަދަދަށް އަބަދުވެސް ގެނެވި، ސްޓޮކް މެއިންޓެއިން ކުރަމުން އަންނަ ކަމަށެވެ.
"އެހެންވީމާ އެކަމުގައި އިރާދަކުރެއްވިއްޔާ އެއްވެސް ކަހަލަ ދަތިކަމެއް އަދި ދިމައެއް ނުވޭ، އަދި އެންޓިސިޕޭޓްކުރެވޭ ކަމެއް ވެސް ނޫން. އިރާދަކުރެއްވިއްޔާ އެކަމުގައި އަޅުގަަނޑުމެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް. އަދި އަގުވެސް މައްޗަށް ދާނެ ކަމެއް ނޫން އެއީ، އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް ފުޑް ސެކިއުރިޓީ ޕޮލިސީ އިތުރަށް ފުޅާކުރުމަށްޓަކައި ވެސް މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި ރާއްޖޭގައި މިހާތަނަށް ފުޑް ސެކިއުރިޓީ އަކީ އެހާ ބޮޑު ސަމާލުކަން ދެވިފައި އޮތް ކަމަކަށް ނުވާތީ އެކަމަށް ހާއްސަ އުސޫލުތަކެއް ގެންގުޅޭ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެގްރިކަލްޗާ އިންޑަސްޓްރީގައި ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ ޕްރައިވެޓް ސެކްޓާގެ ފަރާތްތަކަށް ހާއްސަ އިންސެންޓިވްތަކެއް ދިނުމުގެ ވިސްނުން އަޅުގަނޑުމެންގެ ތެރޭގައި މިހާރު މިއޮތީ. އޭގެ ތެރޭގައި ހިލޭ ބިން ޕްރޮވައިޑްކޮށްދިނުން، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފައްދަން ބޭނުންވާ ފަރާތްތައް، އެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ހިލޭ ބިން ޕްރޮވައިޑްކޮށްދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި އުފެއްދޭ ކާބޯތަކެތި އުފެއްދުމަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ދޭ ލުއިތަކުގެ ތެރޭގައި ދައުލަތަށް ދައްކާން ޖެހޭ ޓެކްސްތަކުގައި ހާއްސަ ލުއިތަކެއް ދިނުން ވެސް ހިމެނޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު