މާލެ އާޓިފިޝަލް ބީޗް ތެރޭގައި ލެޑް ސްކްރީނެއް ހަރުކޮށް، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވޯލްޑްކަޕް 2026 ފުޓްބޯޅަ މުބާރާތާއި މުޖުތަމައަށް ފައިދާ ހުރި އެހެނިހެން ޕްރޮގްރާމްތައް ފެންނާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން މާލެ ސިޓީކައުންސިލުން އިއުލާނުކޮށްފި އެވެ.
މާލެ ސިޓީކައުންސިލުން މިދިޔަ ހޮނިހިރުދުވަހު ކުރި އިއުލާނުގައިވާގޮތުން، ލެޑް ސްކްރީން ހަރުކޮށް ހިންގަން ޝައުގުވެރިވާ ނަމަ، އެ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް މިމަހުގެ 29 ވަނަ ދުވަހު ދިއުމަށް ވަނީ އެދިފައެވެ.
އަގު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ 10:00ގައި މާލެ ސިޓީ ކައުންސިލް ހޯލްގައެވެ. މައުލޫމާތު ސާފުކުރުމަށް ނުދާފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތަތަކުގެ އާންދާސީ ހިސާބު ބަލައިގަނެވޭނެކަމަށް އެކައުންސިލުގެ އިއުލާނުގައިވެއެވެ.
އަގު ހުށަހެޅުމުގައި ބައިވެރި ވެވޭނީ ދިވެހި ކުންފުނި، ޕާޓްނަޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށްވެސް މާލެ ސިޓީކައުންސިލުން ބުނެއެވެ.
ފާތިމަތު ލިއުޝާ
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026