އައްޑޫ ސިޓީ ހިތަދޫގައި މިއަދު ހިނގި ކާރު އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ އިރު، އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ މިއަދު 16:50 އެހާކަންހާއިރު، ހިތަދޫގެ ހިއްކި ސަރަހައްދުން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ފުރޮޅާލައި، އެކްސިޑެންޓުވެފައިވާކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.

"މި ހާދިސާ ހިނގިއިރު ކާރުގައި ތިބި ހަތަރު މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާވއިރު، އޭގެ ތެރެއިން ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަނިޔާވި އެންމެންނަށް މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ" ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.