ޓަގު ބޯޓަކާއި ލޯންޗެއް ޖެހި މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ، އެމްޕީއެލްއާ ދިމާލު ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހިގެން ހިނގި އެ އެކްސިޑެންޓުގެ މައުލޫމާތު، ލިބުނީ މިއަދު ހެނދުނު 10:39 އެހާއިރު ކަމަށެވެ.
އެ އެކްސިޑެންޓުގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް މިހާރު ދަނީ ފަރުވާ ދެމުންނެވެ. ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެކްސިޑެންޓް ހިނގި އިރު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިންނެވެ. އެ އެކްސިޑެންޓުގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިބްރާހިމް ޒަކީ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް