ކުވައިތުގެ އެންމެ ބޮޑު ތެޔޮ ކާރުހާނާއަށް އިރާނުން ހަމަލާދީފިއެވެ.
އިރާނުގެ ވެރިރަށް ތެހެރާނަށް އިޒްރޭލުން ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން މެދުއިރުމަތީގައި ތެޔޮ އުފައްދާ ކާރުހާނާތަކަށް އިރާނުން ހަމަލާދޭނެ ކަމަށް މީގެ ކުރިން ވަނީ އިންޒާރު ދީފައެވެ.
އިއްޔެ އިޒްރޭލުން ހަމަލާ ދިނުމާއެކު އިރާނުން ވަނީ ކުވައިތުގައި ހުންނަ އެގައުމުގެ އެންމެ ބޮޑު ތެޔޮ ކާރުހާނާއަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑު ގެއްލުމެއް ދީފައި ކަމަށް އޮފިޝަލުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ކުވައިތުގެ މިނާ އަލް އަހްމަދީ އަށް ދިން ހަމަލާގައި އެތަނުގެ ބޮޑު ސަރަހައްދެއްގައި ވަނީ ރޯވެފައެވެ.
ދުވާލެއްގެ މައްޗަށް 730،000 ފީފާގެ ތެޔޮ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އެ ކާރުހާނާއަށް އިރާނުން ދިން ވަރުގަދަ ހަމަލާގެ ސަބަބުން އެތަނުގެ ގިނަ ޔުނިޓުތައް ބޭނުން ނުކުރެވޭ ކަމަށް ކުވައިތުގެ ތެލާ ބެހޭ ގައުމީ ކުންފުނިން ބުނެއެވެ.
އޮފިޝަލުން ބުނެފައިވާ ގޮތުގައި އިރާނުން ކުވައިތަށް މިސައިލާއި ޑްރޯންގެ ހަމަލާތައް ފޮނުވާލުމާއެކު އެގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ގިނަ ހަމަލާތަކެއް ނައްތާލައިފައެވެ.
މުހައްމަދު އައުޒަމް
ކުވެއިތު
ކުވެއިތު
ކުވެއިތު
ކުވެއިތު