ދުވާ މީހެއްގެ ސަބަބުން ފްރާންސްގެ މަނަވަރުގެ ލޮކޭޝަން ފަޅާ އަރައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މެދުރިއުމައްޗަށް ދަތުރުކުރަމުން އަންނަ ފްރާންސަށް ނިސްބަތްވާ މަތިންދާ ބޯޓު އުފުލުމުގެ ގާބިލުކަން ލިބިފައިވާ މަނަވަރު އޮތް ސަރަހައްދު ފަޅާ އަރާފައިވަނީ އެ މަނަވަރުގެ ފަޅުވެރިއެއްގެ ސަބަބުން ކަމަށެވެ.
ފްރާންސްގެ ލެ މޮންޓޭ ނަމަކަށް ކިޔާ ނޫހަކުން ބުނީ އެ ފަޅުވެރިޔާ އަކީ އެ މަނަވަރުގައި ދަތުރުކުރި ފްރާންސްގެ ނޭވީ އޮފިސަރެއް ކަމަށާއި އޭނާ ވަނީ މަނަވަރުގެ ޑެކުގައި ދުވުމަށްފަހު، ދުވާ މީހުންގެ މައުލޫމާތު އާންމުކުރާ އެޕްލިކޭޝަނެއް ކަމަށްވާ ''ސްޓްރާވާ'' ގައި ޕޯސްޓުކޮށްފައި ކަމަށެވެ.
އެ އޮފިސަރު އޭނާގެ ސްމާޓް ގަޑިން ދުވުމުގެ މައުލޫމާތު ސްޓްރާވާއަށް އަޕްލޯޑްކުރުމާއެކު، އެ މަނަވަރު އޮތް ލޮކޭޝަން ވަނީ އާންމުވެފައެވެ. ސްޓްރާވާއިން ފެންނަގޮތުން މަނަވަރުގެ ޑެކްގައި އޭނާ ދުވި ރޫޓު ވަނީ އަޕްޑޭޓް ވެފައެވެ.
ފްރާންސްގެ މިނިސްޓްރީ އޮފް އާމްޑް ފޯސް އިން ބުނީ އެ މަނަވަރަކީ އިރާނުގެ ހަނގުރާމައިގެ ސަބަަބުން މެޑިޓްރޭނިއަން ކަނޑުގައި ހަރަކާތްތެރިވާ މަނަވަރެއް ކަމަށެވެ.
އެ މަނަވަރު ދަތުރުކުރަމުން ދަނީ ސަައިޕްރަސްގެ ހުޅަނގުއުތުރުން ތުރުކީގެ އައްރޭސިފަށާ ދިމާލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން އެ މައްސަލަ ފެންމަތިވެ، އެކަމުގެ މައުލޫމާތު ފްރާންސުގެ ކަމާބެހޭ އިދާރާތަކުން އެއްކުރަމުން އަންނަ ކަމަށާއި އެކަމުގައި ފިޔަވަޅެއް އަޅަން ޖެހޭނަމަ އަޅާނެ ކަމަށެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު