ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުންދާ ދެ މީހުންނަކީ އިންޑިއާ ދެ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ މިހާރު ކަށަވަރު ކުރެވިފައިވާ މައުލޫމާތަށް ބަލާއިރު ލޯންޗުގައި ޖުމުލަ 7 މީހުން ތިބި ކަމަށެވެ.
އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާއި އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުންނެވެ. އެ ހާދިސާގައި ލޯންޗުން ވިއްސައިގެން ގޮސް 5 މީހުން މޫދަށް ވެއްޓުނު ކަމަށެވެ. އެއީ ރަޝިއާއަށް ނިސްބަތްވާ އަންހެން މީހާއާއި އިންޑިއާގެ 4 ފިރިހެނުންނެވެ.
އޭގެ ތެރެއިން ނުފެންނަނީ އިންޑިއާ ދެ މީހުން ކަމަށެވެ.
މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.
އާއިޝަތު މާހާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް