އިޒްރޭލުގެ އެންމެ ބޮޑު ތެޔޮ ކާރުހާނާއަށް އިރާނުން ހަމަލާދީފިއެވެ.
އިޒްރޭލުން ވެރިވެގެން އުޅޭ ހައިފާގައި ހުންނަ އެންމެ ބޮޑު ތެޔޮ ކާރުހާނާއަށް އިއްޔެ އިރާނުން ވަރުގަދަ ހަމަލާއެއް ދީފައިވާ އިރު، އެހަމަލާގައި އެ ކާރުހާނާއަށް ބޮޑު ގެއްލުމެއް ނުވާ ކަމަށް އިޒްރޭލުން ބުނެއެވެ.
އިޒްރޭލުގެ އެނާޖީ މިނިސްޓަރު އެލީ ކޮހެން ނެރުނު ބަޔާނެއްގައި ވާގޮތުން އިރާނުން ދިން ހަމަލާގެ ސަބަބުން އެކާރުހާނާއަށް ބޮޑު ގެއްލުމެއް ނުވި ނަމަވެސް އެތަނަށް ކަރަންޓު ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަަމަށް ބުނެފައެވެ.
އިރާނުން މެދުއިރުމަތީގެ ގައުމުތަކުގެ ތެޔޮ ކާރުހާނާތަކަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކުގެ އިތުރުން ތެޔޮ އުފައްދާ ތަންތަނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހު އިޒްރޭލުން އިރާނުގެ ތެޔޮ އުފައްދާ ތަނަކަށް ދިން ހަމަލާގެ ބަދަލު ހިފުމަށް ކަމަށް އެގައުމުން ބުނެއެވެ.
އިރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާޗީ އިއްޔެ ވިދާޅުވީ ދެން މީގެ ފަހުން އެގައުމުގެ ތެލާއިބެހޭ އެއްވެސް ތަނަކަށް ހަމަލާއެއް ދީފި ނަމަ އެކަމުގެ ބަދަލު ވަރުގަދައަށް ހިފާނެ ކަމަށެވެ.
މުހައްމަދު އައުޒަމް
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން
ހަލާކު ވެއްޖެޔޭ ބުނަންދެން ޙަމަލަ ދީފަ ބަހައްޓާ……!!!
ނުރަބޯ - 3 މަސް ކުރިން