ލަންކާއާއި އިންޑިއާއަށް އީދު ވަނީ ހޮނިހިރު ދުވަހަށް ކަމަށް އެ ދެ ގައުމުން އިއުލާންކޮށްފިއެވެ.
އިންޑިއާގެ އިސްލާމީ ކަންތައްތަކާ ބެހޭ އިދާރާތަކުން ވަނީ އެގައުމަށް އިއްޔެ ހަނދު ފެނިފައި ނުވާ ކަމަށާއި އެހެން ކަމުން މިއަދަކީ އިންޑިއާއަށް ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާއި މާދަމާ އަކީ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައިފައެވެ.
ސްރީ ލަންކާގެ ޑިޕާޓްމަންޓް އޮފް މުސްލިމް ރިލިޖަސް އެންޑް ކަލްޗަރަލް އެފެއާސް އާއި އެގައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ފަރާތްތަކުން ގުޅިގެން ޝައްވާލް މަހުގެ ހަނދުގެ ކަންކަން ބެލުމަށް ފަހު ވަނީ މާދަމާ އަކީ ލަންކާއަށް އީދު ދުވަސް ކަމުގައި ކަނޑައަޅައިފައެވެ.
ލަންކާއަށްވެސް އިއްޔެ ހަނދު ފެނިފައި ނުވާ ކަމަށާއި އެހެން ކަމުން މިއަދަކީ ލަންކާއަށް ރަމަޟާން މަހުގެ ފަހު ދުވަސް ކަމުގައި ކަނޑައަޅައި މަދަމާ އެގައުމަށް އީދު ކަމަށް ނިންމައިފައެވެ.
ރާއްޖެއާއި އެންމެ އަވަށްޓެރި ދެ ގައުމަށް ހަނދު ފެނިފައި ނުވާތީ ހޮނިހިރު އީދަށްވެފައިވާ އިރު ރާއްޖެއަށް މިއަދަކީ އީދު ދުވަސް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މުހައްމަދު އައުޒަމް
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު