14 ރަށެއްގައި މަޝްރޫއުތައް ހިންގަން އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފި އެވެ.

ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި 14 މަޝްރޫއު ހަވާލުކޮށް އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ މަޝްރޫއުތަކަކީ އިސްލާމީ ދާއިރާ ކުރިއެރުވުމަށްޓަކައި ދޭ އަހައްމިއްޔަތުގެ ދަށުން ސޮއިކުރެވުނު މަޝްރޫއުތަކެއް ކަމަށެވެ.

އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްލާމީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުތަކެއް ކަމަށެވެ.

އެ އެއްބަސްވުންތަކުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

ރޭ ސޮއިކުރި މަޝްރޫއުތައް:

  • ގއ. މާމެންދޫގައި 500 މީހުންގެ މިސްކިތެއް އިމާރާތްކުރުމަށް
  • ށ. ފީވަކުގައި 300 މީހުންގެ މިސްކިތެއް ފަރުމާކޮށް އިމާރާތްކުރުމަށް
  • ބ. އޭދަފުށި އިސްލާމީ މަރުކަޒު ފަރުމާކޮށް އިމާރާތްކުރުމަށް
  • ރ. ދުވާފަރުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ނ. ވެލިދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ނ. މަނަދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ލ. ފޮނަދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ދ. ކުޑަހުވަދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ތ. ވޭމަންޑޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ގދ. ގައްދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ސ. މަރަދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • ކ. މާފުށީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • އދ. މާމިގިލީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް
  • މ. މުލަކުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި އިމާރާތްކުރުމަށް