ހުޅުމާލެ ފޭސް ތިނެއްގައި ފްލެޓް އިމާރާތްކުރަން ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހައުސިން މިނިސްޓްރީން އިތުތުކޮށްފިއެވެ.
ފޭސް ތިނެއްގައި 1،000 ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހުގެ 24 ހައި ހުޅުވައިލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ދީފައިއޮތީ އަންނަ ހޯމަ ދުވަހާ ހަމައަށެވެ.
ނަމަވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނިޔަަަލަށް އިތުރުކޮށް އެ މިނިސްޓްރީން ރޭ ވަކި އިއުލާނެއް ކޮށްފައެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ، 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް ހުޅުވާލައިގެން، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް މޮޑެލްގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ ލުއި ދިނުމަށް ގެނައި ބައެއް ބަދަލުތަކާއެކުއެވެ.
އެގޮތުން، ފްލެޓް ގަންނަ މީހުންނަށް ޑިވެލޮޕަރުގެ ފަރާތުން އިންޝުއަރެންސް ފޯރުކޮށްދޭން ޖެހޭ ގޮތަށް މީގެ ކުރިން އޮތް ބައިތައް ވަނީ އުނިކޮށްފައެވެ. އެއާއެކު މަޝްރޫއުގެ ކޮންސްޓްރަކްޝަން ހަރަދުގެ ގޮތުގައި ހޭދަވާނެ ކަމަށް ލަފާކުރާ އަދަދު ބަޔާންކޮށް މާލީ އިދާރާއަކުން ދޫކުރާ ލެޓާ އޮފް ކޮމްފޯޓު ހުށަހަޅަން ޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފަ އެވެ. މީގެ ކުރިން އޮތީ މަޝްރޫއުގެ ކޮންސްޓްރަކްޝަނަށް ހޭދަވާ އަގުގެ 100 ޕަސެންޓް، މަސައްކަތް ކުރާ ކުންފުނިން ކަވަރު ކުރާނެ ކަމުގެ އެޕްރޫފް އޮފް ފަންޑް ހުށަހަޅަން ޖެހޭ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ އެޕާޓްމަންޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ އެންމެމަތީ އަގަކީ 1.8 މިލިއަން ރުފިޔާ އެވެ.
ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގައި 950 އަކަފޫޓު ހުންނާނެ އެވެ. އަދި ދެ ކޮޓަރީގެ ތަންތަނުގައި ހުންނާނީ 700 އަކަފޫޓެވެ. އަދި ކޮންމެ ތަނެއްގައި މަދުވެގެން 70 ޕަސެންޓު ހުންނަން ޖެހޭނީ ތިން ކޮޓަރީގެ އެޕާޓްމަންޓެވެ.
އެ ތަންތަނުގައި ކާރު ޕާކުކުރާނެ ޖާގަ ވިއްކޭނެ އެންމެ މަތީ އަގަކީ 450،000 ރުފިޔާއެވެ.
އިބްރާހިމް ޒަކީ
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން
ބޯހިޔާވަހިކަން