މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފެނުނު އެންމެ ތަފާތު އެއް ނަތީޖާއާއެކު ސްޕޯޓިން ލިސްބަންއިން ބޯޑޯ/ގްލިމްޓްގެ އުފާވެރި ޗެމްޕިއަންސް ލީގު ދަތުރަށް ނިމުން ގެނެސްފިއެވެ.
ސްޕޯޓިންއިން ބޯޑޯއާ ދެކޮޅަށް ނޯވޭގައި ކުޅުނު މެޗުން ބޯޑޯ މޮޅުވެފައި އޮތީ 3-0 ގެ ނަތީޖާއަކުންނެވެ. ބޯޑޯއަކީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ތަފާތު ނަތީޖާތަކެއް ނެރެމުންވެސް ދިޔަ ޓީމެވެ. އެޓީމުން ގަދަ 16 އަށް ނުކުތީ ލީގު ބުރުގައި މެންޗެސްޓާ ސިޓީއާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިންޓަ މިލާންވެސް ބަލިކޮށްފައެވެ. އޭގެ ތެރެއިން އިންޓަ މިލާން ކައިރިން ދެ ފަހަރަށް މޮޅުވިއެވެ.
އެ ފޯމުގައި ގަދަ 16 އަށް ނުކުމެ ފުރަތަމަ ލެގުގައި ތަފާތު ނަތީޖާއަކުން މޮޅުވި ނަމަވެސް، ރޭގެ މެޗު ފެނުނީ މުޅިން ތަފާތު ކޮށެވެ. ފުރަތަމަ ސިކުންތުން ފެށިގެންވެސް ސްޕޯޓިންއިން ކުރިއަށް ޖެހި އެޓޭކްތައް ކޮށްފައިވާ އިރު، އެޓީމުން މެޗު ކާމިޔާބުކުރީ 5-0 އިންނެވެ. އެ ނަތީޖާއަކު ސްޕޯޓިން ކުއާޓާއަށް ދިޔައީ އެގްރިގޭޓް 5-3 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 34 ވަނަ މިނެޓުގައި ފްރަންސިސްކޯ ޓްރިންކާއޯ ޖެހި ގޯލުން ސްޕޯޓިން އުންމީދު ހޯދި އިރު، ހާފު ނިމުމުގެ ކުރިން ބޯޑޯއިން ކުރި ނުރައްކާތެރި އެޓޭކްގައި އެޓީމު ސަލާމަތްވިއެވެ.
ބޯޑޯގެ ހަމަލާއެއް ދަނޑިއަށް އަމާޒުވި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ ސްޕޯޓިންއިން ފުލުފުލުގައި ކަހަލަ ގޮތަކަށް އިތުރު ދެ ގޯލް ޖެހިއެވެ. ޕެޑްރޯ ގޮންސަލްވޭސް، ލުއިސް ސުއަރޭޒްގެ ބޯޅައަކުން ގޯލް ޖެހި އިރު، ތިންވަނަ ގޯލަކީ ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއެއްގައި ސުއަރޭޒް ޖެހި ގޯލެކެވެ. އެ ޕެނަލްޓީ ދިނީ އޭރިއާ ތެރެއިން ބޯޑޯ ކުޅުންތެރިޔަކު އަތުގައި ޖެހުމުންނެވެ.
އެގްރިގޭޓް 3-3 އިން އެއްވަރުވެ މެޗު އިތުރު ވަގުތަށް ދިޔަތަނާ، ދެމިނެޓް ފަހުން ސްޕޯޓިންއިން މެޗު އަނބުރާލިއެވެ. މެކްސީ އަރައޫހޯ ޖެހި ގޯލުން ސްޕޯޓިން ކުރި ހޯދައި ނަތީޖާ ކަށަވަރު ކުރީ ރަފޭލް ނެލް، މެޗު ނިމެން ދަނިކޮށް ޖެހި ގޯލާވެސް އެކުގައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު