އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އިރާނަށް ހަމަލާ ދިނުމާ ގުޅިގެން، މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާތީ، ސްރީ ލަންކާގައި މަސައްކަތު ދުވަސް ހަތަރަކަށް މަދުކޮށްފި އެވެ.
ސްރީލަންކާ އިން ނިންމާފައި ވަނީ ބުދަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. ލަންކާގައި ރަސްމީގޮތުން ބަންދު ދެ ދުވަހަކީ ހޮނިހިރު އަދި އާދީއްތައެވެ.
ލަންކާ ސަރުކާރުން ބުދަ ދުވަސް ބަންދުކުރަން ނިންމާފައިވާއިރު ބުދަ ދުވަހު ލަންކާގެ އާންމު ދަތުރުފަތުރުތައް ނުކުރަން ވަނީ ނިންމައިފައެެވެ.
ލަންކާ ސަރުކާރުން ވަނީ އެގައުމުގެ ހުރިހާ ޕްރައިވެޓް ސްކޫލްތަކާއި ސަރުކާރު ސްކޫލްތަކުން ވެސް ސްކޫލް ހުޅުވާ ވަގުތު މަދު ކުރުމަށް ނިންމައިފައެވެ. އެގޮތުން ހަފުތާ އަކު ހަތަރު ދުވަހު ކިޔަވައިދޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.
މުހައްމަދު އައުޒަމް
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ