އުރީދޫ މޯލްޑިވްސް އިން މިހާރު ކުރިއަށްގެންދާ އަހަރީ ދުވަހުގެ ކެމްޕެއިންގެ 16 ވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.
އުރީދޫގެ އަހަރީ ދުވަހުގެ ކެމްޕެއިންގެ 16 ވަނަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އާމިނަތު މަލްޝާ، ށ. ގޮއިދޫއެވެ. މަލްޝާއަށް އެ ލަކީ ޑްރޯގައި ލިބިފައިވަނީ އުމްރާ ދަތުރެކެވެ.
އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހުގެ ކެމްޕެއިނަކީ ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކެމްޕެއިނެކެވެ.
މި ހާއްސަ ޕްރޮމޯޝަންގެ ދަށުން:
- ނަސީބުވެރި އެއް ކަސްޓަމަރަކަށް ކޮންމެ 20 ދުވަހަކުން އުމްރާ ދަތުރެއް ލިބިގެންދާނެ
- ނަސީބުވެރި 19 ކަސްޓަމަރަކަށް ޖުމުލަ 19 އުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައި
- މި ކެމްޕެއިންގެ 20 ވަނަ އިނާމު ނުވަތަ ގްރޭންޑް ޕްރައިޒް އަކީ ދެ މީހަކަށް ހައްޖު ދަތުރެއް
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް
- އުރީދޫ ކަސްޓާމަރެއްނަމަ 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއަށްވުރެ މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
- އުރީދޫއާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލު ދައްކައި، ރީޗާޖުކޮށް ނުވަތަ އެޑް އޮންއެއް ބޭނުންކުރުން
- ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕާނެޓް ކަސްޓަމަރުންނަށް މި ލަކީޑްރޯއަށް ޝަރުތު ހަމަވުން
ވިހި އަހަރުގެ ކުރު މުއްދަތެއްގެ ތެރޭގައި އުރީދޫން ވަނީ މުވާސަލާތީ އަދި ޓެކްނޮލޮޖީގެ ގޮތުން ފާހަގަކޮށްލެވޭ ގިނަ ލަނޑުދަނޑިތައް ހާސިލުކޮށްފައެވެ. އެ ކެމްޕޭނަކީ އުރީދޫގެ ކާމިޔާބީގެ ފަހަތުގައި ތިބި ކަސްޓަމަރުންނާއި ހިދުމަތް ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
ލިވް އަންލިމިޓަޑް ކެމްޕެއިންގެ އިތުރު މައުލޫމާތު ހޯދުމަށް އުރީދޫގެ ސޯޝަލް މީޑިއާ ނުވަތަ https://discover.ooredoo.mv/live-unlimited ފޮލޯކުރުމަށް އުރީދޫން އެދެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް