އެމިރޭޓްސް ރެޑްކްރެސެންޓުން ފިތުރު ޒަކާތުގެ ގޮތުގައި 626،000 ރުފިޔާ ހަދިޔާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެމިރޭޓްސް ރެޑްކްރެސެންޓުން ދިން ފިތުރު ޒަކާތުގެ ފައިސާ، މިހާރުވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމުންނާއި ފަގިރުންނަށް ހަރަދު ކުރުމަށް ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފައި ކަމަށެވެ.
އެ ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ފިތުރު އީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، އީދު ހެދުން ގަނެދިނުމަށާއި، ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށްކަމަށް މިނިސްޓްރީން ބުންޏެވެ.
އެމިރޭޓްސް ރެޑްކްރެސެންޓުގެ ފަރާތުން ދިން މި ފައިސާއަކީ، މިއީ ދެ ގައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެއްކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ