ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ ފަރާތުން ބައި ލައްކަ ރުފިޔާގެ ފައިސާގެ އެހީ ދެމުންދާ ކަމަށްބުނެ ހިންގަމުންދާ ސްކޭމަށް ސަމާލުވުމަށް ގާސިމް އިލްތިމާސްކުރައްވައިފިއެވެ.
ގާސިމްގެ ނަމުގައި ކޭޝް ސަޕޯޓުގެ ގޮތުގައި 50،000 ރުފިޔާ ލިބޭނެ ކަމަށްބުނެ، ވަޓްސްއެޕް ގުރޫޕްތަކާއި ސޯޝަލްމީޑިއާގައި ދަނީ އޭނާގެ އޭއައި ފޮޓޯ ބޭނުންކޮށްގެން މައުލޫމާތުތައް ފަތުރަމުންނެވެ.
އެކަމާ ގުޅޭގޮތުން އެކްސްގައި ގާސިމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެއް ކަމަށެވެ.
"އަޅުގަނޑުގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ (ހުރިހާ ބަލިކަށި ހައުސްހޯލްޑްސްއަށް) ލިބޭ ފުރުސަތެއް ކަމަށްބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އަޅުގަނޑުގެ އޭއައި ފޮޓޯއަކާއި ސުވާލު ލިންކަކާއެކު ފަތުރަމުންދަނީ އަޅުގަނޑާ އެއްވެސް ގުޅުމެއް ނެތް ސައްހަ ނޫން މުއާމަލާތެކެވެ..،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެފަދަ ސްކޭމަރުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތް ދިމާވަމުންދާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ސަމާލުކަމަށްޓަކައި އެކަން ހިއްސާކުރާ ކަމަށެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް