އުމްރާއަށް ގޮސް އުޅުނު ދިވެއްސަކު ނިޔާވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި، ނިޔާވެފައިވަނީ ހިޖާޒު ކުންފުނިން އުމްރާއަށް ދިޔަ ގދ. ނަޑައްލާ އަލީ އިބްރާހީމް ދީދީއެވެ.

އަލީ އިބްރާހީމްގެ ޖަނާޒާ ހަރަމްފުޅުގައި މިރޭ ފަތިސްނަމާދު ފަހުން އޮންނާނެއެވެ.

އޭނާ ނިޔާވި ސަބަބެއް ސާފެއް ނޫނެވެ.