ފަލަސްތީނު ރައްޔިތުން އަގްސާ މިސްކިތަށް ވަނުމަށް އިޒްރޭލުން ހުރަސް އަޅަމުންދާތީ ރާއްޖެއިން އެކަން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އިސްލާމްދީނުގެ އެންމެ ބޮޑު އެއް މުގައްދަސް ބިނާކަމުގައިވާ އަގްސާ މިސްކިތައް ވަނުން ހަނިކުރުމަކީ، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ހިންގަމުންދާ އަމަލެއް ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއީ އަގްސާ މިސްކިތުގެ މުގައްދަސްކަމާއި، ގާނޫނީ ހައިސިއްޔަތު އަދި ދީނީ މުހިންމުކަމަށް އުނިކަން ދިނުމުގެ ބޭނުމުގައި އިޒްރޭލުން ގަސްދުގައި ހިންގާ އުދުވާނީ އަމަލެއް ކަމަށެވެ.
މިނިސްޓްރީން ބުނީ އިސްލާމީ އުންމަތުގެ އެންމެ މުގައްދަސް އެއް ބިނާގެ މައްޗަށް އޮތް 'ސްޓޭޓަސް ކޯ' ނުވަތަ މިހާރު އޮތް ހާލަތަށް ބޯނުލަނބާ، އިންސާނީ ހައްގުތަކަށް އަރައިގަނެ އިޒްރޭލުން ހިންގަމުންދާ ކަންކަމަށް އެ ގައުމު، ޒިންމާދާރު ކުރުވައި، ފިޔަވަޅު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާ ކަމަށެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ