ޓޫރިޒަމް މިނިސްޓްރީން ކުރިއަށް ގެންދާ "ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ ބްރޭންޑިންގެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
"ވިޒިޓް މޯލްޑިވްސް އިޔާ 2027" ގެ މަސައްކަތުގެ ބްރޭންޑިންގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފުރަތަމަ އިއުލާނު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 10 ގައެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތްކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ ގޮތުން ޓާމްސް އޮފް ރިފަރެންސާއި މައުލޫމާތު ޝީޓް އަދި ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތު ހުށަހަޅަންވާނެ ކަމަށެވެ.
އެ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ 11:00 ގައި އެ މިނިސްޓްރީގައެވެ.
އެކަމާ ގުޅޭ ބީލަން ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ 10:00 ގައެވެ. ބީލަން ހުޅުވާނީ ހަމަ އެ ދުވަހުގެ 10:05 ގައެވެ. އެ ބީލަންތައް ހުށަހަޅަން ޖެހެނީ ސިޓީ އުރައެއްގައި، އޭގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތާއި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރު ވެސް ލިޔެފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ވިޒިޓް މޯލްޑިވްސް އިޔާ 2027" އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވާ ކަމެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި "ވިޒިޓް މޯލްޑިވްސް އިޔާ 2027" ފާހަގަކުރާނީ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއްކުންތަކާއި ކާބަފައިގެން ވާހަކަތައް ކުރިއަށް ނެރެގެން ކަމަށެވެ. ރާއްޖޭގެ އެކި ރަށްރަށް ހާއްސަވާ ސަބަބުތައް ވެސް ޓޫރިސްޓުންނަށް ކިޔައިދޭނެއެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް