ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު 3X3 ބާސްކެޓް މުބާރާތް ކަމުގައިވާ ދިރާގު 3X3 ޗެލެންޖް ފޯރިއާއެކު ނިންމައިލައިފިއެވެ.
އެ މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 1 އިން 7 އަށް ޒުވާނުންގެ މަރުކަޒުގެ އައުޓްޑޯ ކޯޓުގައެވެ.
ޓައިޓަންސް ބާސްކެޓްބޯލް އެކެޑެމީން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ އެ މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
އެ މުބާރާތަށް މިއަހަރު ވެސް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން، އެ މުބާރާތުގައި 112 ޓީމަކުން ޖުމުލަ 448 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
އެ މުބާރާތުގައި އެކި އުމުރުފުރާތަކުން ޗެމްޕިއަންކަން ހޯދައިފައިވާ ޓީމުތަކަކީ:
އަންހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސްވިޝް
- 10 އަހަރުން ދަށް: ބްލޫ ޕެންތަރސް
- 12 އަހަރުން ދަށް: ވޮރިއާސް
- 14 އަހަރުން ދަށް: ދި ލޭކާސް
- 16 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
- 18 އަހަރުން ދަށް: ބީބީ އެންޑް ފްރެންޑްސް
ފިރިހެން ކުދިންގެ ޑިވިޝަން
- 8 އަހަރުން ދަށް: ސުޕަ ސްޓްރައިކާސް
- 10 އަހަރުން ދަށް: ހޮޓްވީލަރސް
- 12 އަހަރުން ދަށް: ސިލްވާ ބްލޭޒާ
- 14 އަހަރުން ދަށް: އާޗާސް ބީސީ
- 16 އަހަރުން ދަށް: މަލްބެރީ ސްޓްރީޓް
- 18 އަހަރުން ދަށް: ލޭޒާ
އަންހެން ޑިވިޝަން
- އަންހެން އޯޕަން: ސެސަމޭ
- ޕޭރަންޓްސް: އަންރޭންކްޑް
- ފިރިހެން ޑިވިޝަން
- ފިރިހެން ޑިވިޝަން 1: ކްލަބް ވަލްޗާސް
- ފިރިހެން ޑިވިޝަން 2: ލައްޓި
- ޕޭރަންޓްސް: ބޯލް ބަޑީސް
ދިރާގަކީ، ރާއްޖޭގައި ބާސްކެޓްބޯޅަ ފަދަ މަގްބޫލު ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު