ދިރާގުން ރަމަޟާން މަހުގެ ކޮންމެ ރެއެއްގެ ތަރާވީސް ދަމަށް އަންލިމިޓެޑް ޑޭޓާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެ ޕްރޮމޯޝަންގެ ދަށުން ކޮންމެ ރެއަކު 9:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ވަކި އެޑް-އޮންތަކާއެކު އަންލިމިޓެޑް ޑޭޓާ ލިބިގެންދާނެއެވެ.
ދިރާގުން ބުނީ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްފައިވާ ބައެއް އެޑް-އޮންތަކާއެކު އެ ވަގުތުތަކުގައި އަންލިމިޓެޑް ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށާއި އޭގެ އިތުރުން، އެ އޮފާ ވަކިން ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް އެއް ދުވަހުގެ މުއްދަތަށް، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ ކަމަށެވެ.
އެ އޮފާ އެކްޓިވޭޓްކުރަން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގުއެޕްގައިވާ ރަމަޟާން ބެނާއަށް ފިއްތާލައިގެން މި ރަމަޟާން މަހަށް ހާއްސަ އޮފާތައް ބެލުމަށްފަހު ބޭނުންވާ އޮފާއެއް އިހުތިޔާރުކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ އެހީގައި މި ރަމަޟާން މަހު ހެޔޮއަގުގައި ޑޭޓާ ލިބި، ކަސްޓަމަރުންގެ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކުރުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފާތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު