އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް، އެ ކުންފުނީގެ ސުޕަ އެޕްގައި ހިމެނޭ "ކަރާ ފެޅުން" ގޭމް ކުޅެގެން އެއް ލައްކަ ރުފިޔާގެ އަގުހުރި ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫން ބުނެފިއެވެ.
އުރީދޫން ބުނީ އުފެއްދުންތެރިކަމާއި، މުއާސަލާތީ ގުޅުމާއި އަދި މުނިފޫހިފިލުވުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އާލާތްތައް އެ އިނާމު ޕެކޭޖުގައި ހިމެނޭ ކަމަށެވެ.
ނަސީބުވެރި އެއް ފަރާތަކަށް ލިބޭ އެއް ލައްކަ ރުފިޔާގެ ބަންޑަލްގައި ހިމެނެނީ:
- ޑީޖޭއައި މިނީ 5 ޕްރޯ ފްލައި މޯ ކޮމްބޯ ޕްލަސް (އާރުސީ2)
- ޑީޖޭއައި ނިއޯ 2 މޯޝަން ފްލައި މޯ ކޮމްބޯ
- އޮސްމޯ އެކްޝަން 6 އެޑްވެންޗާ ކޮމްބޯ
- ޑީޖޭއައި ޕޮކެޓް 3 ކްރިއޭޓާ ކޮމްބޯ
- މެކްބުކް އެއާ އެމް5
- އައިޕެޑް އެއާ
- އެޕަލް ޕެންސިލް
- އައިފޯން 17 ޕްރޯ 256ޖީބީ
އުރީދޫން ބުނީ ފޮޓޯގްރަފީ، ވީޑިއޯގްރަފީ، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ދުވަހުން ދުވަހަށް ބޭނުންކުރާ ޑިޖިޓަލް އާލާތްތައް އެކުލެވޭ އެ އިނާމަކީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކާއި، އުފެއްދުންތެރިން އަދި އާ ކަންކަން ތަޖުރިބާ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޕެކޭޖެއް ކަމަށެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް މެދުވެރިކޮށް މި ގޭމް ކުޅޭ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހަދިޔާއެއް ލިބޭނެއެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ޕްލޭސްޓޭޝަން 5 ކޮންސޯލްތަކާއި، އެއާ ޕިއުރިފަޔާތަކާއި، ފައިސާގެ އިނާމުތަކުގެ އިތުރުން އެހެނިހެން ހަދިޔާތައް ހިމެނެއެވެ.
އެ ކެމްޕޭން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށް، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި އުފާވެރިކަން ގެނެސްދިނުމަށް އުރީދޫން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޞެވެ.
އުރީދޫ އެޕް މެދުވެރިކޮށް މި ގޭމް ކުޅެ، އެއް ލައްކަ ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހިމެނޭހެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ވެސް އޮތްކަމަށް އުރީދޫން މައުލޫމާތުދެއެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް