އެމްބިއުލާންސްގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް އެމްބިއުލެންސް ހަވާލުކޮށްފި އެވެ.

ހެލްތް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާއެކު އެމްބިއުލެންސްތައް ސާވިސްކޮށް ބެލެހެއްޓުުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް އިސްމާއިލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީން އެވެ.

ސިއްހީިދުމަތް ހިދުމަތް ބޭނުންވެފައިވާ ފަރާތްތަކަށް އެ ހިދުމަތް ދެެވެންދެން ފަރުވާ ލިބުމުގައި އެންބިއުލެންސްގެ ރޯލު ވަރަށް މުހިންމެވެ.

14 އެންބިއުލެންސް އާއި އެތަކެތީގެ މެއިންޓެނެންސް މެނުއަލް ވަނީ ރަށްތަކުގެ މަންދޫބުންނާ ހަވާލުކޮށްފައެވެ.

14 އެންބިއުލަންސް ހަވާލުކުރި ރަށްތައް އަދި ހަވާލުވި ފަރާތްތައް:

  1. ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު، ސީނިޔާ އެޑްމިނިސްޓްރޭޓާ މުހައްމަދު ރަޝީދު
  2. ހދ. ހަނިމާދޫ ސިއްހީ މަރުކަޒު، ސީނިޔާ އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް އަހުމަދު ޝަމީމް
  3. ށ. މަރޮށި ސިއްހީ މަރުކަޒު، ސީނިޔާ އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް ހަފީޒުﷲ
  4. ރ. ވާދޫ ސިއްހީ މަރުކަޒު، އެސިސްޓަންޓް ކޮމިއުނިޓީ ހެލް އޮފިސާ އަމީން ފައިސަލް
  5. ރ. ފައިނު ސިއްހީ މަރުކަޒު، އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް މުހައްމަދު ސަމީހް
  6. ޅ. ހިންނަވަރު ސިއްހީ މަރުކަޒު، ސީނިޔާ ޕޮލިޓިކަލް ޑިރެކްޓަރު ހެލްތް ސާވިސަސް ހުސެއިން އިލްހާމް އިބްރާހިމް
  7. ކ. ތުލުސްދޫ ސިއްހީ މަރުކަޒު، ސީނިޔާ ޕޮލިޓިކަލް ޑިރެކްޓަރު ހެލްތް ސާވިސަސް ނިމާލް ހަމީދް
  8. ކ. މާފުށި ހޮސްޕިޓަލް، މެނެޖަރު ހެލްތް ސާވިސަސް ޒައުފަރާން އަލީ
  9. އދ. މާނމިގިލި ސިއްހީ މަރުކަޒު، ސީނިޔާ އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް އަހުމަދު ނިޝާން
  10. ފ. ފީއަލީ ސިއްހީ މަރުކަޒު، ސީނިޔާ އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް މުހައްމަދު ޝިފާއު
  11. މ. ރަތްމަންދޫ ސިއްހީ މަރުކަޒު، އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް އަބްދުއް ރަޝީދު އާދަމް
  12. ތ. ވިލުފުށި ސިއްހީ މަރުކަޒު، ސީނިޔާ އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް އަބްދުﷲ ޝަހާއު
  13. ލ. ދަނބިދޫ ސިއްހީ މަރުކަޒު، ޕޮލިޓިކަލް ޑިރެކްޓާ އަހުމަދު ޝާކިރް
  14. ސ. މަރަދޫ ސިއްހީ މަރުކަޒު، ސީނިޔާ އެޑްމިނިސްޓްރޭޓާ ހެލްތް ސާވިސަސް ޝަރަފުލް އަމީން
9 މާޗް 2026: އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކުރުން --- ފޮޓޯ/ހެލްތް މިނިސްޓްރީ

މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތް އަހުމަދު ގާސިމް ވިދާޅުވީ ރާއްޖޭގައި ދެވޭ ސިއްހީ ހިދުމަތް ފެންވަރުގެ ރަނގަޅު ހިދުމަތެއްގެ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ވަރަށް އިހުލާސްތެރި ހިދުމަތްތަކެއް ކުރައްވަމުންގެންދަވާކަމަށެވެ.

އެގޮތުން ރާއްޖޭގެ ސިއްހީ ފޭރާން ރަނގަޅު ކުރެވުމަކީ އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ކުރިއެރުމެއް ކަމަށެވެ.

"ހުރިހާ ގޮތަކުންވެސް ސިއްހީ ދާއިރާއަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަ ކުރުމަށް ރައީސް ގެންދަވަނީ މަސައްކަތްކުރައްވަމުން. ހުސްއެކަނި ރަށްތަކުގައި 135 ރަށެއްގައި، ސިއްހީ ހިދުމަތް ދިނުމުގެ އިމާރާތް މިހާރު ހިނގަމުންއެބަދޭ. އަދި 31 ޕްރޮޖެކްޓެއްގެ މަސައްކަތް މިހާރު މި ވުޒާރާގެ ތެރޭގައި ހިނގަމުން އެބަދޭ. ފައިސާގެ ގޮތުން ބަލާކަމަށް ވަންޏާ މިއީ ފަސް ބިލިޔަނަށްވުރެ ބޮޑު އަދަދެއްގެ ހަރަދު. އިމާރާތް ރަނގަޅު ވުމުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަން އެއީ އެއްވެސް ބޭފުޅަކު ޝައްކު ކުރާނެ ކަމެެއްނޫން." ގާސިމް ވިދާޅުވިއެވެ.