ތެލުލި ފަތާއި، ކޮށިމަހާއި، ކުޅިކާޖާ އަދި ރިހާކުރު ފަދަ ބަންދުކުރި ކާބޯތަކެތި އުފައްދާ "ބިލެތްމާ ޓޭސްޓީ" އިން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ މިންގަނޑަށް ނުފެތޭ ގޮތަށް ތަކެތި އުފައްދައި ވިއްކަމުންދާތީ، އެ ތަކެތި ބޭނުން ނުކުރުމަށް އަންގައިފިއެވެ.
އެމްއެފްޑީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ލިބުނު ޝަކުވާއަކާ ގުޅިގެން "ބިލެތްމާ ޓޭސްޓީ" ބަލައި ފާސްކުރިއިރު، އެއީ އާންމު ސާފުތާހިރުކަން އިންތިހާއަށް ދަށް އަދި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެއްވެސް މިންގަނޑަކަށް ނުފެތޭ ތަނެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، އެ ތަނުގައި ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ވަގުތުން ހުއްޓާލުމަށް އަންގާފައިވާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ކާބޯތަކެތީގެ ހިދުމަތްދޭ ހުރިހާ ތަނަކީ އެމްއެފްޑީއޭގައި ރަޖިސްޓްރީކުރަން ލާޒިމު ތަންތަނަށް ވީނަމަވެސް، "ބިލެތްމާ ޓޭސްޓީ" އަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ތަނެއް ނޫންކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިލެތްމާ ޓޭސްޓީއިން އުފައްދާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބޭނުން ނުކުރުމަށް އަދި ނުވިއްކުމަށް އަންގާކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)