އިރާނުގެ އާ ރޫހީ ލީޑަރަކަށް، ޝަހީދު ކޮށްލި ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ ހޮވައިފިއެވެ.

އިރާނުން އިއްޔެ އެގައުމުގެ އާ ސުޕްރީމް ލީޑަރެއް ހޮވަން ބޭއްވި އެސެމްބްލީގައި، އެ އެސެމްބްލީގައި ހިމެނޭ ހާއްސަ ޓީމުތަކުގެ އިއްތިފާގުން އާ ސުޕްރީމް ލީޑަރެއް ކަނޑައަޅާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ކޮމެޓީގައި ހިމެނޭ އެގައުމުގެ ހުޒެސްތާނަށް ނިސްބަތްވާ މެންބަރު މުހްސެން ހޭދަރީއާ ހަވާލާދީ އެގައުމުގެ އައިއެސްއެންއޭ ނިއުސް އެޖެންސީން ބުނެފައިވަނީ ހާއްސަ ކޮމެޓީން ސުޕްރީމް ލީޑަރު ހޮވާފައިވާ ކަމަށެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން މިދިޔަ މަހުގެ 28 ވަނަ ދުވަހު އިރާނަށް ދިން ކުއްލި ހަމަލާގައި އެގައުމުގެ ރޫހާނީ ލީޑަރު ޢަލީ ހާމަނާއީ އަވަހާރަކޮށްލާފައިވާއިރު އިރާނުން ވަނީ އާ ލީޑަރެއް ހޮވުމަށް ހާއްސަ މަޝްވަރާތަކެއް ކުރިޔަށް ގެންގޮސްފައެވެ.

ޢަލީ ޚާމަނާއީގެ ދަރިކަލުން މުޖްތަބާ އާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ އާ ލީޑަރެއް ހޮވި ނަމަވެސް އެލީޑަރުގެ މައުލޫމާތު ހިއްސާ ނުކުރާނެ ކަމަށް ބުނެފައެވެ. އޮފިޝަލުން ވަނީ ނަން ހިއްސާކޮށްފިނަމަ އެލީޑަރަށް ނުރައްކާވާނެ ކަމަށް ބެލެވޭތީ އެކަމުގައި ގޮތެއް ނުނިންމާ ކަމަށް ބުނެފައެވެ.

އިސްރާއީލުގެ މިލިޓަރީން އެކްސްގައި މީގެ ކުރިން ކުރި ޕޯސްޓެއްގައި ވަނީ ޚާމަނާއިގެ ބަދަލުގައި އިރާނުން ހޮވާ ކޮންމެ ލީޑަރަކަށް ވެސް ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.