އެލައިޑް ތަކާފުލްގެ ފަރާތުން "ކަމަނަ ތަކާފުލް" ގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެލައިޑުން މިއަދު ބުނީ އެ ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން އަންނަ މޭ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެލައިޑުން ބުނީ އެ މުއްދަތުގެ ތެރޭގައި ކަމަނަ ތަކާފުލް ޕްލޭނެއް ނަގާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބޭނެ ކަމަށެވެ.

ކަމަނަ ތަކާފުލް

ކަމަނަ ތަކާފުލްއަކީ އަންހެނުންނަށް ހާއްސަކޮށްގެން، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރިކަމާއެކު، ފައިސާ ރައްކާކުރުމުގެ (ސޭވިންގްސް) ޕްލޭނެއްކަމަށް އެލައިޑުން ބުންޏެވެ.

އެ ޕްލޭންގައި މާލީ ރައްކާތެރިކަމާއި، ދިގުމުއްދަތުގެ ސޭވިންގްސްގެ ފައިދާތައް އެކުލެވިގެންވާނެކަމަށް އެލައިޑުން ބުންޏެވެ. އަދި އެ ޕްލޭނަކީ ފައިސާ ރައްކާކުރުމާއި، ރައްކާތެރިކަމާއި، ލުއިފަސޭހަކަން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެއްގެ އިތުރުން އެ ޕްލޭންސްގެ ސަބަބުން އަންހެނުންނަށް އެމީހުންގެ އާއިލާ ރައްކާތެރިކުރުމާއެކު، އަމިއްލަ މާލީ މުސްތަގްބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ލިބިގެންދާނެކަމަށް އެލައިޑުން ބުންޏެވެ.

ކަމަނަ ތަކާފުލް ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަމާއި، ދިގު މުއްދަތުގެ ރައްކާތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ފޯރުކޮށްދިނުންކަމަށް އެލައިޑުން ބުންޏެވެ. އަންހެނުންގެ ބާރުވެރިކަން ފެށެނީ ފައިސާ ރައްކާކޮށްދޭ، ރައްކާތެރިކަން ކަށަވަރުކޮށްދޭ، އަދި އަންހެނުންނާއެކު ކުރިއަރާނެ ފަދަ ހަރުދަނާ މާލީ ރޭވުމެއް އޮތުމުންކަމަށް އެލައިޑުން ބުންޏެވެ.

ކަމަނަ ތަކާފުލްގެ ދަށުން މި ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިވާ ފަރާތްތައް ރައްކާކުރި ފައިސާއާއި، އެ ފައިސާއިން ލިބުނު ފައިދާ އަނބުރާ ލިބޭނެ ކަމަށްވެސް އެލައިޑުން ބުންޏެވެ.

އެ ޕްލޭންގައި "އިމަޖެންސީ ފަންޑް" އެއް ހިމެނޭ ކަމަށާއި، އޭގެ ސަބަބުން ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ އަދަދުގެ ފަސް ޕަސަންޓްއާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެލައިޑުން ބުންޏެވެ. އެ ޕްލޭނަކީ މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި، އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެއްކަމަށްވެސް އެލައިޑުން ބުންޏެވެ.

އެ ޕްލޭންގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ އިސްލާމީ ޝަރީއަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އަންހެނުންގެ ސިއްހަތާއި، މާލީ ދުޅަހެޔޮކަމަށް އެލައިޑް ތަކާފުލްއިން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން، ކަމަނަ ތަކާފުލްގެ ބައިވެރިންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ.