ސްޓެލްކޯގެ ކަސްޓަމާ ޕޯޓަލް "ވަށަނި" އިފްތިތާހުކޮށްފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "ވަށަނި" ޕޯޓަލް އިފްތުތާހުކޮށްދެެއްވީ ސްޓެލްކޯ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ.
"ވަށަނި" ޕޯޓަލްކީ އެ ކުންފުނީގެ ހިދުމަތްތައް ވަށާޖެހޭ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތުން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް ކަމަށް އެ ކުންފުނިން ބުންޏެެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. އަޒްވަރު ވިދާޅުވީ ވަށަނި ޕްރޮޖެކްޓަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް 2.0 ގެ މަސައްކަތުގެ ދަށުން އެ ކުންފުނިން ފެށި ހިދުމަތެއް ކަމަށެވެ.
"މި ޕޯޓަލުން ކަސްޓަމަރުންނަށް ދެވޭ ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް ހުރިހާ ކަސްޓަމަރުންނަށް އެޕްލައިކުރެވި، އެޕްލިކޭޝަންތަކުގެ ސްޓެޓަސްތައް ބެލި، ކަސްޓަމަރުންގެ ފޯނަށް އަޕްޑޭޓް ލިބޭނެ ގޮތްވެ، އަދި އެއާ ގުޅޭގޮތުން އެޕްލިކޭޝަންތަކާ ގުޅޭގޮތުން ދައްކަންޖެހޭ ފައިސާ އޮންލައިންކޮށް ސަބްމިޓް ކުރެވި، ސްޓެޓަސްބެލޭނެ މެކޭނިޒަމެއް ގާއިމުކުރެވިގެން މި ދިޔައީ،" ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ސްޓެލްކޯއަކީ މިހާރު ވަށާޖެހޭ ހިދުމަތްތަކެއް ފޯރުކޮށްދޭ ކުންފުންޏެއް ކަމަށާއި މި ޕްރޮޖެކްޓަކީ އެކި ފަހަރު މަތިން އެކި މިންވަރަށް ސްޓެލްކޯގެ އައިޓީ ޓީމުން އެކި ލެވެލްގައި ކުރި މަސައްކަތްތަކުގެ ފޮނި ނަތީޖާ ކަމަށްވެސް އަޒްވަރު ވިދާޅުވިއެވެ.
"ގަބޫލުކުރަނީ މި ހިދުމަތަކީ އާންމުން ބަލައިގަންނާނެ، ކުންފުނީގެ ފަރާތުން ފޯރުކޮށްދޭ ހިދުމަތް މިހާރަށްވުރެ ބޮޑަށް ލުއި ފަސޭހަކޮށްލިބިގެންދާނެ ހިދުމަތެއް ކަމަށް. އަދި އޮންލައިންކޮށް މި ހިދުމަތްދިނުމުގައި އެހެން ހަރުފަތަކަށް އަޅުގަނޑުމެންގެ ލެވެލް ގެންގޮސްދޭ މަސައްކަތަކަށް މިކަންވެގެންދާނެ ކަމަށް،" އަޒްވަރު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ