މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ގުޅުންހުރި ތާރީހީ ފޮޓޯ ހޯދުމަށް އިއުލާންކޮށްފިއެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފޮޓޯތައް ހޯދަނީ އެ އޮތޯރިޓީގެ ތާރީހާ ބެހޭގޮތުން ތައްޔާރުކުރަމުންދާ ފޮތެއްގައި ބޭނުންކުރުމަށް ކަމަށެވެ.

އެގޮތުން ހުށަހެޅޭ ފޮޓޯތައް ފޮތުގައި ބޭނުންކުރާނީ ފޮޓޯގެ ވެރިފަރާތާއެކު އެއްބަސްވެވޭ ގޮތެއްގެ މަތީން ކަމަށް އެމްއެމްއޭގެ އިއުލާނުގައިވެއެވެ.

އެމްއެމްއޭގެ އިއުލާނުގައި ބުނީ އެ އޮތޯރިޓީއާ ގުޅުންހުރި ތާރީހީ ފޮޓޯތައް ފޮނުވާނީ މިމަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ކަމަށާއި ފޮޓޯ ފޮނުވާނީ އީމެއިލް މެދުވެރިކޮށް [email protected] ކަމަށެވެ.