މައްސަލައެއްގައި ހެކިބަސް އަދާކުރި މީހަކަށް މަގުމަތިން ހަމަލާދިން މީހަކު އެއް މަހާއި 15 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ ގދ. ތިނަދޫ ގުލްބަކާގެ އަބްދުﷲ އިސްރާގްގެ މައްޗަށެވެ.
މި މައްސަލައިގައި، އަބްދުﷲ އިސްރާގްގެ މައްޗަށް ގައިގައި އަތްލުމުގެ ކުށޫގެ ދައުވާ ކުރީ، ކޯޓުގައި ހިނގަމުންދިޔަ ޖިނާއީ އެހެން ދައުވާއެއްގައި، ހެއްކަކު ހެކިބަސްދިން ގޮތާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ޖަހާފައިވާތީއެވެ.
މިހާދިސާގައި ހިމެނޭ ހ. ގްރީން ހެވަން އަހްމަދު އުސާމް ގައިގައި ޖަހާފައިވަނީ، ސަލްމާން މިސްކިތުގެ ދެކުނު ފަރާތައްވާ ގޮތަށް އޮންނަ ޓާފް ދަނޑާ ދިމާލުން ބޮޑު ތަކުރުފާނު މަގުގެ ޕޭމަންޓް މަތީގައި ހުއްޓައި އިތުރު ބަޔަކާއެކު ގޮހެވެ.
އުސާމްގެ ގައިގައި ޖެހުމުގެ ދައުވާއަށް އަބްދުﷲ އިސްރާގް ވަނީ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފައެވެ. އެހެންވެ، އިއުތިރާފަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ ލުއި އަދަބެކެވެ. އޭނާގެ މައްޗަށް އިއްވީ އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެކެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު