ޓްރީޓޮޕް ހޮސްޕިޓަލުގެ އަހަރީދުވަހާ ގުޅުވައިގެން އަންހެނުންނަށް ހާއްސަ އޮފާތަކެއް ހަދީޔާކުރަން އެ ހޮސްޕިޓަލުން ނިންމައިފިއެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ 8 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކޮންމެ ދުވަހަކު އެ ހޮސްޕިޓަލް އިންސްޕަޔާ ކުރާ އަންހެނުންނަށް ކޮމްޕްރިހެންސިވް ވެލް ވުމަން ޕެކޭޖުން 20 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
މި ޕެކޭޖު ކުރިޔަށްގެންދަނީ މި މަހުގެ ނިޔަލަށެވެ.
އެ ހޮސްޕިޓަލުން ވަނީ ވަރުގަދަ މުސްތަގުބަލެއް ހޯދުމަށްޓަކައި މިއަދު ތިބާގެ ސިއްހަތަށް އިންވެސްޓް ކުރުމަށް ބާރު އަޅައި، ތިބާއަށް ލިބެން ޖެހޭ އިލްމާއި އަޅައިލުމާއި އެހީތެރިކަމާއެކު އަމިއްލަ ނަފްސު ބާރުވެރިކުރުވުމަށް ނަސޭހަތްތެރިވެފައެވެ.
2018 މާޗް 1 ވަަނަ ދުވަހު ހުޅުމާލެ ފޭސް އެކެއްގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލަކީ މި ސަރަހައްދުގައި ގާއިމްކޮށްފައިވާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލެވެ. މި ހޮސްޕިޓަލުން ގިނަ ފަރުވާތަކެއް ލިބޭއިރު އަންހެނުންގެ ބަލިތަކަށް ހާއްސަ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ޑޮކްޓަރުންނާއި ރާއްޖޭގެ ޑޮކްޓަރުން ހިދުމަތް ފޯރުކޮށްދެއެވެ.
މީގެ އިތުރުން އަހަރުގެ އެކި ދުވަސްތަކަށް ބަހާލައިގެން އަތޮޅުގެ އެކި ރަށްތަކުގައި ސިއްހީ ހިދުމަތުގެ ގިނަ ކެންޕެއިންތަކުގެ ސްކްރީނިންތައް ކުރިޔަށްގެންދެއެވެ. އަދި އަހަރުގެ ސްކޫލު ބަންދު ދުވަސްތަކުގައިވެސް ގިނަ އަދަދަދަކަށް ޕްރޮމޯޝަންތަކާއި ސިއްހީ މައުލޫމާތު ފޯރުކޮށްދޭ ހަރަކާތްތައް ކުރިޔަށްގެންދެއެވެ.
ފާތިމަތު ލިއުޝާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް