ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެއް ކަމަށެވެ.
އެ ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމުލަ 30 މިނިޓު ލިބިގެންދާނެއެވެ.
އެހެންކަމުން، #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މާދަމާގެ އެކްޓިވޭޓްކުރެވޭނެ ކަމަށާއި އަދި އެކްޓިވޭޓްކުރުމަށްފަހު ހަތް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގުން ދަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެމުންނެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު